ޚަބަރުސިޔާސީ

މާކުރަތު އެމްޑީޕީ ޖަގަހައިގަ އިންޑިއާ އައުޓް ޖަހައިފި

ރ.މާކުރަތު އެމްޑީޕީ ޖަހައިގަ ”އިންޑިއާ އައުޓް“ ޖަހައިފިއެވެ.

މާކުރަތު އެމްޑީޕީ ޖަހައިގެ ފާރުތަކުގައި ގްރެޕިޓީ ޖަހާފައިވަނީ މައުލޫމާތު ލިބޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ސަރުކާރުގެ އެކި އެކި އިސް މަގާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ  ގެކޮޅުތަކުގައި އަދި ކާރުކޮޅުތަކުގައި ފަހަކަށް އައިސް އިންޑިއާ އައުޓް ގްރެޕިޓީ ޖަހަމުންދެއެވެ. މިއީ އިދިކޮޅު ޕާޓީ ޕީޕީއެމް އިން ރާވައިގެން ކުރަމުން ދާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެވުނަސް ވަރަށް ފަހުންވެސް މިފަދަ މައްސަލައެއްގައި އެމްޑީޕީގެ މެންބަރެއް ހައްޔަރު ކުރެވުނެވެ.

އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާވެ، ބޮޑުކޮށް ކުރިއަށް ގެންދަން ފެށީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދިޮ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ވުމަށްފަހުއެވެ. ރައީސް ޔާމީން ގެންދަވަނީ މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެހަރަކާތް ހިންގަން ޖާގަ ނުދޭނެކަމަށެވެ.

މިގޮތުން، އިންޑިއާ އައުޓް ޖަހާފައި ހުންނަ ބެނާތައް ނުދެމޭނެކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ގަރާރު ނެރުއްވި ފަހުންވެސް އާންމުން އަންނަނީ ސްޕެލިން ބަދަލުކޮށްގެން އިންޑިއާ އައުޓް ޝުއޫރު ފާޅުކުރަމުންނެވެ.

One Comment

  1. INDIAA out jahanee MDP meehun ppm membarunge mathi kuran vegen RY ah ithurah aniyaa kuruvan vegen, ekamuge hekkeh MDP membaraku hayyaru kuree. adhi dhuvahaku ves ppm membareh hayyareh nukurey, MDP meehun varah molhuvaane fithuna ufadhdhan.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button