ޚަބަރުސިޔާސީ

ދިވެހިން ތިބީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭކަށެއް ނޫން : ޢާޒިމް

ދިވެހިން ތިބީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙަށް ދެވަނަ ދައުރެއްދޭ ގޮތަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ޢާޒިމް އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙު އާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީިދު އުފެއްދެވި ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ރައީށް އިބްރާހިމްގެ ސަރުކާރަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު ޢާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއަށް އަދި މި ސަރުކާރަށް ހެޔޮބަހެއް ބުނާއަޑު އިވެނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް ކަމަށެވެ. މިއާއިއެކު ޢާޒިމް ވިދާޅުވީ ދިވެހިން ތިބީ ރައީސް އިބްރާހިމްް މުޙައްމަދު ޞޯލިހުއަށް ދެވަނަ ދައުރެއް ދޭކަށް ނޫންކަމަށެވެ.

ޢާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، މިވަގުތަކީ ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލިގެން ދިއުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމާއިއެކު ގުޅިފައިވާ އިއްތިހާދާއިއެކު ”ފިކުރެއްގެ ދިރުން“ގެ މެންބަރުން ޝާމިލުވެގެން ބަންޑާރަނައިބު އިބްރާހީމް ރިފްޢަތުގެ އާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ހުށަހަޅާފައިވާ ވަގުތެކެވެ.

މި ކަމާއިގުޅިގެން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ޙަރަކާތްތަކުގައި އެމްޑީޕީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. އަދި އެމްޑީޕީގެ ޢަސާސީ ޤަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ޤަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ޙަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button