ޚަބަރުސިޔާސީ

ނަޝީދުގެ މަރުގެ ހަގީގަތް ހާމަކުރަން އިދިކޮޅުން ގޮވާލައިފި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު (43 އަހަރު) މަރުވާން ދިމާވި ސަބަބުތައް ބަލައި، އޭނާގެ މަރުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ވާނުވާ ނޭނގޭ ގޮތަށް ބަންދުގައި ބައްހައްޓާފައި ހުރި ޤައިދީއަކު ކުއްލި ގޮތަކަށް ނިޔާވި ޚަބަރު މިކޯލިޝަނުން އެހީ ނުހަނު އަސަރާއި ހިތާމައާއެކު ކަމުގައެވެ.

ނަޝީދު މަރުވުމުގެ ކުރިން އޭނާގެ ނޭވާއަށް އުނދަގޫ ވާކަން ޖަލުގެ އޮފިސަރުންނާއި ޙިއްސާ ކުރުމުންވެސް، އެކަމުގައި ފަރުވާ ކުޑަކޮށް، އެކަށިގެންވާ ފަރުވާ ދީފައި ނުވާ ކަމާއި، އަދި ތަކުރާރުކޮށް އަނިޔާ ކުރާކަމުގެ ޝަކުވާ ނަޝީދުގެ ލޯޔަރުންނަށް ލިބިފައިވާކަމުގެ މަޢުލޫމާތު އިދިކޮޅަށް ލިބިފައިވާ ކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގައި، މަރުގެ ޙަޤީޤަތް ހާމަކުރުމަށާއި، އެކަމުގައި އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް އިދިކޮޅުން ގޮވާލިއެވެ.

”މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށްވެސް ގޮވާލަން.“ އިދިކޮޅުން ބުންޏެވެ.

ނަޝީދުގެ ފުރާނައަށް މާތް ރަސްކަލާނެގެ ރަޙުމަތް ލައްވައި، ފާފަ ފުއްސަވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ދުއާ ކޮށް، ނަޝީދު ޢާއިލާއަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އާއި، ލީޑަރޝިޕާއި، ސެނެޓާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި އާންމު މެންބަރުންގެ ނަމުގައި ތައުޒިޔާ ވަނީ ފޮނުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button