ޚަބަރުސިޔާސީ

3000 މެންބަރުން ހަމަކޮށްފިން: އެމްއާރުއެމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ އެމްއާރުއެމަށް 3000 އަށްވުރެ ގިނަ މެންބަރުން ހަމަވެފައިވާ ކަމުގައި އެ ޕާޓީން ބުނެފިއެވެ.

އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނޯޓިސް ފޮނުވި ޕާޓީގެ ތެރޭގައި އެމްއާރުއެމް ހިމެނުމާއި ގުޅިގެން އެ ޕާޓީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އީސީގެ ތަފާސްހިސާބުތަކުން 3000 މެންބަރުން މަދުކަމަށް ދައްކަނީ ފޯމްތައް ޕްރޮސެސް ނުކޮށް ހުރުމާގުޅިގެން ކަމުގައެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި 1407 ފޯމް އިލެކްޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، މާޗު 27 ވަނަ ދުވަހާ ހަމައަށް 700 އަށްވުރެ ގިނަ ފޯމް އެޕާޓީއިން އީސީއަށް ހުށަހެޅިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އީސީގެ ދަފްތަރުން ދައްކާގޮތުގައި މިއަހަރުގެ ފެބުރުއަރީ އާއި ހަމައަށް އެމްއާރުއެމްގައި 2302 މެންބަރުން އެބަތިއްބެވެ. އެހެން ކަމުން އެމްއާރުއެމުން އެބުނާ ފޯމްތައް އީސީން ޕްރޮސެސްކޮށްފިނަމަ އެޕާޓީ އުވާލުމުގެ ފުރުސަތު އީސީއަށް ގެއްލޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button