ޚަބަރު

މާލެ ސިޓީ ކައުންސިލުން މާލޭގައި ކަދުރު ރުއް އިންދަނީ

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ކަދުރު ރުއް އިންދުމުގެ ހަރަކާތެއް މާދަމާ ހަވީރު ކުރިއަށް ގެންދާނެއެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖް (ކަޅުތުއްކަލާކޮށީ) ކުރިމަތީގައެވެ.
އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދިޔަ ޕްރޮގްރާމެކެވެ.
މާލެ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ހިމަނާ އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.
މީގެ ކުރިން  މި ޕްރޮގްރާމުގެ ދަށުން އަނބު ގަސްތަކެއް ކަނބާ އައިސަ ރަނި ހިނގުމުގައި ވަނީ އިންދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button