ޚަބަރު

ގައުމު އެދެނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ގައުމީ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުން: ނަރީޝް

ގައުމު އެދެނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ގައުމީ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުން ކަމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މި ގައުމުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކީ ދިވެހި ގައުމުގެ ސިފައިން ކަމަށާއި މިއަދުގެ ހާލަތުން ރަނގަޅު ހާލަތަކަށް ދަތުރުކުރުމަށް މި ގައުމު އެދެނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ގައުމީ ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ކަމަށެެވެ.

ނަރީޝް ވިދާޅުވީ ދިވެހި ސިފައިން ކެތްތެރިކަމާއި ގާބިލުކަމާއެކު ގައުމީ ހިދުމަތުގައި ސާބިތުވެ ތިބެ ކެރިގެން ޢައިރު ގާނޫނީ އަމުރުތަކަށް ކެރިގެން ނޫނެކޭ ބުނަން ކެރެންޖެހޭނެ ކަމަށެެވެ.

ނަރީޝްގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔަދަތީ ބާރަށް ލޮޅުން އަންނާނެ އެންމެހާ ކަންކަން ހުއްޓުވާ އެކަންކަމާއި ކެރިގެން ކުރިމަތިލައިއެތެރެއާއި ބޭރުން ގައުމަށް ޣައްދާރުވާ ޙާއިނުންގެ ކިބައިން މިގާއުމު ސަލާމަތްކޮށް ފިކުރީގޮތުން ސިފައިންގެ ހިތްތަކާ ކުޅެވޭވަރަށްވުރެ، ސިފައިންގެ އަޒުމް ވަރުގަދަވާންޖެހޭނެ ކަމަށެެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ ”އިންޑިއާ އައުޓް“ ދިދައެއް ހިފައިގެން ހުރި އަންހެން ކުއްޖެއް ފަހާ ސިފައިންގެ މީހަކު ދުވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމު ވެފައިވާ ދުވަސްވަރެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button