ޚަބަރު

އަމިއްލަ އުސޫލުތައް ހެދުމުގެ ބާރެއް ކައުންސިލުތަކަށް ނޯންނާނެ: ކޮންސްޓްރަކްޝަން މިނިސްޓަރު

އިމާރާތްކުރުމުގެ އަމިއްލަ އުސޫލުތައް ހެދުމުގެ ބާރު ކައުންސިލުތަކަށް ނޯންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ކ. މާފުށީ ކައުންސިލުން އެރަށުގެ ބިލްޑިން ކޯޑު ތައްޔާރުކޮށް އެކުލަވާލާދޭނެ ފަރާތެއް ހޯދުމަށް އެދި ގެޒެޓުކުރި އިއުލާނާއި ގުޅިގެން ވަޒީރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

މާފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެރަށުގައި އިމާރާތްކުރުމުގެ އަމިއްލަ އުސޫލެއް ހަދައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

 

މުއްތަލިބް ވިދާޅުވީ ކޮންސްޓްރަކްޝަން ޤާނޫނުގައި ބުނެފައިވާ ގޮތަށް މިނިސްޓްރީން ވާނީ ބިލްޑިން ކޯޑު ޝާއިއުކޮށްފައި ކަމަށާއި ވަކިވަކި ކައުންސިލްތަކުން ބިލްޑިން ކޯޑު ހެދުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އެއްވެސް ކަންބޮޑުވުމެއް އުޅޭ ނަމަ އެކަން ހައްލު ކުރަން މިނިސްޓްރީން ކައުންސިލްތަކާއެކު މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button