ޚަބަރުސިޔާސީ

ހިދުމަތެއް ނުދޭ ކުންފުންޏަކަށް ފެނަކައިން އަށްލައްކަ ރުފިޔާ ދިން މައްސަލައެއް!

ހިދުމަތެއް ނުދޭ ކުންފުންޏަކަށް ފެނަކައިން އަށްލައްކަ ރުފިޔާ ދިން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ފެނަކައިގެ މުވައްޒަފުންގެ ފަރާތުންނެވެ. އަދި އޭސީސީއަށް މައްސަލަ ހުށަހެޅިކަމުގެ ފޯމް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައަކި 1 ފެބުރުއަރީ 2018 އިން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ޕަބްލިކް ރިލޭޝަންސް ހިންގުމަށް ކަމަށް ބުނެ ބެލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ހެދި އެގްރިމެންޓެއް އެފަރާތުން ފެނަކައަށް ހިދުމަތެއް ނުދީ އޮއްވައި، ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު، އެ އެގްރިމެންޓަށް ބަދަލު ގެނެސް 2 ފެބުރުއަރީ 2019 ގައި ސޮއި ކުރި މައްސަލައެކެވެ.

އެގްރިމެންޓަށް ބަދަލުގެނައި ފަހުންވެސް ބްލޭޒަން އިންކުން ފެނަކައަށް ހިދުމަތެއް ނުދީ އޮއްވައި، އެ ކުންފުންޏަށް 848،000،00 (އަށްލައްކަ ސާޅީސް އަށްހާސް) ރުފިޔާ ދީފައިވާކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ވެއެވެ. އަދި އެފައިސާ ދޫކުރުމަށްފަހު ސެޕްޓެމްބަރު 2019 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

ފެނަކައިގެ މުވައްޒަފުން ވަނީ އެ ކުންފުނީގެ އެމްޑީ ސައީދު ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށްބުނެ އެ މައްސަލަ ބަލައިދިނުމަށް އޭސީސީގެ ކިބައިން އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button