އިންތިހާބާ ބެހޭ ގާނޫނާ ހިލާފަށް ސަރުކާރުން ޖިނާއީ ކުށްތަކެއް ކޮމަންޑޫ ދާއިރާގައި ހިންގައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ މިކަމާ ގުޅޭ މައިގަނޑު ހަތަރު ކަމެއް ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ އިންތިހަބާ ބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާއާ ހިލާފަށް ސަރުކާރުން ކޮމަންޑޫ ދާއިރާގެ ވޯޓަށް ނުފޫޒް ފޯރުވާ އެތައް އަމަލެެއް ހިންގި ކަމެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި، ވޯޓު ވަކި ކޮޅަކަށް ލެންބުމަށް ރިޝްވަތުގެ ހުށަހެޅިކަމުގެ ތުހުމަތުތަކެއް ޖަމީލް ކުރެއްވިއެވެ.
އިންތިހާބާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގައި ވާގޮތުން އިންތިހާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުމާއި، އިންތިހާބީ ހައްގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިށްވަތު ދިނުމަކީ އެސަރަހައްދެއްގެ އިންތިހާބު ބާތިލުކޮށް އަލުން ވޯޓު ލާން ހުޅުވާލަން ލާޒިމް ކަމެކެވެ.
3. ސަރުކާރުގެ ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ މައްޗަށް ޖިނާއީ ތަޙްގީގު ނުހިންގަނީ ކީއްވެ؟
4. އިންތިޚާބާ ދިމާކޮށް ފަށައި އަދި ހިންގާ މަޝްރޫޢުތަކަކީ ރިޝްވަތުގެ ޢަމަލުތަކެއް@ElectionsMv އިންސާފުވެރިއެއް ނޫން. މައްސަލަތައް ނުބަލަނީ ސަރުކާރުދެކެބިރުން. pic.twitter.com/5wL9jhJxvg— Mohamed Jameel Ahmed (@MJameelAhmed) January 18, 2022
ތިންވަނަ ކަމެއްގެ ގޮތުގައި ޖަމީލް އުފެއްދެވީ ސުވާލަކެވެ. އެގޮތުން ސަރުކާރުގެ ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ މައްޗަށް ޖިނާއީ ތަޙްގީގު ނުހިންގަނީ ކީއްވެ ތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
އަދި ފަހު ކަމެއްގެ ގޮތުގައި ޖަމީލް ވިދާޅުވީ އިންތިހާބާ ދިމާކޮށް ފަށައި އަދި ހިންގާ މަޝްރޫއުތަކަކީ ރިޝްވަތުގެ އަމަލުތަކެއް ކަމަށާއި ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކަންކަން ދަނީ ބޭއިންސާފުގެ މަގުން ކަމުގައެވެ. އެ މައްސަލަތައް އިލެކްޝަން ކޮމިޝަނުން ނުބެލިގެން އުޅެނީ ސަރުކާރު ދެކެ ބިރުން ކަމުގައި ޖަމީލް ވިދާޅުވިއެވެ.