ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓަކަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސަން އުޅޭ ކަމުގެ މުއުތަބަރު މައުލޫމާތެއް ”ބޮންތި“ އަށް ލިބިއްޖެއެވެ.
އެނގިފައިވާގޮތުގައި ރައީސް ސޯލިހުގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަކީ ރަނިންގމޭޓުގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރައްވާ ދެ ބޭފުޅުންނެވެ. އެހެން ނަމަވެސް އަސްލަމަށް ރަނިންގމޭޓުކަން ދިނުމަށް ރައީސް ސޯލިހު ނިންމަވާފައިވާކަމަށް ”ބޮންތި“ އަށް ވަނީ އެމްޑީޕީގެ އިސް ބޭފުޅެއްގެ ފަރާތުން އެނގިފައެވެ. އަދި އަަސްލަމްގެ ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރު ތަފްސީލް އަންނަނީ….