ޝާހިދުގެ އިތުބާރުނެތް މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހަމަވެއްޖެ
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަކުރެވިފައިވާކަމަށް ޗާގޯސް މައްސަލައިގައި އެކުލަވާފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގުރޫޕުން ހާމަކޮށްފި އެވެ.
ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، އަންނަ ހަފްތާތެރޭ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށައަޅާނެ ކަމަށާއި، އެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ލިބިފައިވާކަމަށް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރުއެވެ.
ގުޅިފައިވާ ޗާގޯސް އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހެޅުމުގެ މަސައްކަތް ކުރާނެކަމަށާއި، އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.
އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ޙަރަކާތްތަކުގައި އެމްޑީޕީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. އަދި އެމްޑީޕީގެ ޢަސާސީ ޤަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ޤަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ޙަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.