ޚަބަރުސިޔާސީ

މެންބަރު ހުސައިނަށް ހަމަލާ ދީފި!

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއަށް ހަމަލާދީފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން މެންބަރު ހުސައިން ވިދާޅުވީ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމަށް މިރޭ 20:00 ގައި ދައުރުން ބޭރުން ބާއްވަން އުޅުނު ޖަލްސާއަށް ވަޑައިގެންނެވީ ސައިކަލުގައި ކަމުގައެވެ. އަދި މަޖިލިސް ކުރާ ސަރަހައްދުގައި ޕާކު ކުރެއްވުމަށް އުޅުއްވުމުގެ ތެރޭގައި ކާކުކަން ނޭނގޭ މީހަކު އައިސް މެންބަރު ހުސައިންގެ ފައިގައި އޭނާގެ ފައިން ވަރަށް ބާރަށް ޖެހިކަން ހުސައިން ވަނީ ”ބޮންތި“ އަށް ކަށަވަރުކޮށްދެއްވާފައެވެ. އެވަގުތު އެ ސަރަހައްދުގައި ގިނައީ ސަރުކާރަށް ނިސްބަތްވާ ބަޔަކުކަން އޭނާ ފާހަގަކުރެއްވިއެވެ.

”ހުރަސްއެޅީއެއް ނޫން. ހަމަލާ ދިނީ. ދެން އެބުނީ ނުވަންނާށޭތާ. ކާކުކަމެއް ނޭނގޭ އެކަމަކު މިއީ ޖަލްސާއަށް އަޅުގަނޑު ނުވަންނަން އައި އިންޒާރެއް.“ ހުސައިން ވިދާޅުވިއެވެ.

މިއަދާއި މިރޭގެ މަޖިލިސް ޖަލްސާގެ ތަޅުމާއި ސަރަހައްދު ހޫނުވެފައިވަނީ ސަރުކާރުގ ެ4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ގުޅިގެން ނިންމުމާ ގުޅިގެންނެވެ.

މެންބަރު ހުސައިނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button