ޚަބަރުސިޔާސީ

އަސްލަމް ގޮތްދޫނުކޮށް ވަޒީރު ގޮނޑިކޮޅުގައި އިންނަވައިގެން ވޯޓަށް އަހަން ދިމާކުރުމުންވެސް ކާމިޔާބެއް ނުވި

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދުން ފެށިގެން ކުރިޔަށް ގެންދަން މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގެ މިވަގުތާ ހަމައަށްވެސް މަޖިލިސް ތަޅުން ހޫނުވެ، ކުރިއަށް ނުގެންދެވޭގޮތް މެދުވެރިވުމުގެ ސަބަބުން ޖަލްސާ ނިންމާލައިފިއެވެ.

4 ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީއާއި ޑިމްކޮރެޓްސް އިން ނިންމައި، ދައުރުން ބޭރުން ޖަލްސާ ބާއްވަން ދިމާކުރުމުން މިއަދުގެ ދުވާލުގެ ދަންފަޅިވެސް ދިޔައީ ހައިޖާނެއްގެ ތެރޭގައެވެ. އެކަމަކު އެމްޑީޕީން ގޮތް ދޫނުކޮށް މިރޭވެސް ޖަލްސާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ވަޒީރުންނަށް ރުހުމުގެ ވޯޓު ނެގުމަށްޓަކައި ރަނގަބީލު ޖަހަން އަސްލަމް އެންގެވުމާ ހިސާބުން ތަޅުމުގައި ވަނީ ދުންމާރީގެ އަޑާއި ހަޅޭކުގެ އަޑު ގަދަވެފައެވެ. އެއާއެކު ޖަލްސާ ކުރިއަށް ނުގެންދެވިގެން އެންމެ ފަހުން މީގެ އިރުކޮޅެއް ކުރިން ނިންމާލީއެވެ.

ސަރުކާރުގެ ވަޒީރު ބޭފުޅުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކަންކަން ހޫނުވެ، މަޖިލިސް ތަޅުމުގައި މެންބަރުން އެކަކު އަނެކަކު ގަޔަށް އަތްލައި، މާރާމާރީ ހިންގި އިރު، އެކަމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި، މަޖިލިސް ރައީސް އަސްލަމް ކަމުގައި ޕީއެންސީން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button