އިދިކޮޅު ކޯލިޝަން ކަމުގައިވާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން ”ފެލާލައިފި“ ނަމުގައި ވަރަށް ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖައްސައިފިކަމަށް، ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ޓްވީޓަކުން އިއުލާން ކުރެއްވި ގޮތުގައި އެ ޖަލްސާ އޮންނާނީ މި ޑިސެންބަރު މަހުގެ 23 ވާ ހުކުރު ދުވަހުގެ ރޭގަނޑު 08:30 ގައި ކާނިވާ ސަރަހައްދުގައެވެ. އަދި މި ހާއްސަ ޖަލްސާގައި ބައިވެރިވުމަށް އެ ޓްވީޓުގައި އެމަނިކުފާނުވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ލަފާކުރެވޭ ގޮތުން މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވޭނީ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދާން ހިފާފައި ހުރި މިސްރާބާ ގުޅިގެންނެވެ.