ޚަބަރުވިޔަފާރި

އުރީދޫ ގެ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށް، 5ޖީ މޮބައިލް ކަސްޓަމަރުންނަށް 2 ގުނަ ޑޭޓާ!

އުރީދޫ ގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް ފުޅާކޮށްފިއެވެ.

އެގޮތުން މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އުރީދޫ 5ޖީ ނެޓްވޯކް އަށް މި ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ އުރީދޫއިން ރާއްޖޭގައި ހިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އިއެޔެ މީރުމާގައި ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސްއެއްގައެވެ.

ހަމަ އެއާއެކު 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސުޕަރނެޓް އެއަރފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

”އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި، ހައިޓެކް ހިދުމަތްތައް ބޭނުންކުރުމަށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދައް ލޭޓަންސީގައި ހަލުވު ސްޕީޑު ބޭނުންވޭ. އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށެވެ. މިއަދު އަޅުގަނޑުމެން ދިވެހިންގެ ހިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.“ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް ތަޢާރަފްކުރި މޮބައިލް ޑޭޓާ އޮފަރ ތެރޭގައި 5ޖީ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 2 ގުނަ ބޯނަސް ޑޭޓާ ލިބޭނެއެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނިވެސް މެ އެވެ. އުރީދޫ މޯލްޑިވްސްއިން 5ޖީ އެއަރފައިބަރ – ރާއްޖޭގެ ފުރަތަމަ 5ޖީ ބޯރޯޑްބޭންޑް ޙިދުމަތް ތައާރަފް ވެގެން ދިއައީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮދު ކާމިޔާބީއެކެވެ. މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button