ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދު އަހުމަދު އައްޔަން ކުރައްވައިފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުކަމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ ޗެއާމަންގެ މަގާމު މީގެކުރިން އަދާކުރެއްވި ސައުދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ.
ސައުދު ގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު ތިއްބަވައެވެ. އެއީ ހިދާޔާ ނަސީރާއި ހަމަދު އަބްދުލްޣަނީ އަދި ސިމާޒް އަލީއެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމްގައި ހުންނަވަނީ އެންމެ ބޭފުޅެކެވެ.