ޚަބަރުވިޔަފާރި

އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ ޓްރޭޑް ޝޯއެއްގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަނީ!

އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ ”އޯޓީއެމް ޓްރެވެލް ޓްރޭޑް ޝޯ“ އެއްގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ބައިވެރިވެއްޖެއެވެ.

މުމްބާއީގައި އިއްޔެ ފެށި ”އޯޓީއެމް ޓްރެވެލް ޓްރޭޑް ޝޯ“ ގައި އައްޑޫގެ ބައެއް ޓޫރިސްޓް ހޮޓާތަކާ، ޓޫރިސްޓް ފެސިލިޓީތަށް އަދި ގަން އެއާޕޯޓުން ވެސް ވަނީ ބައިވެރިވެފައިވެއެވެ.

މި ފެއާ ކުރިއަށް ދާނީ މިމަހު 13ފެށިގެން މިމަހު 15ގެ ނިޔަލަށެވެ.

އައްޑޫގައި އޮންނަ ދެ ރިސޯޓް ކަމަށްވާ ސައުތު ޕާމާއި ކެނަރީފްގެ އިތުރުން 3 އެސް އިން ހިންގާ ގެސްޓް ހައުސް، ވޭވް ސައުންޑް އަދި ޓްރެވެލް އޭޖެންސީ އަދި ގޯ ޓްރިޕް ބައިވެރިވިއެވެ.

ސައުތު ޕާމް އިސްކޮށް އޮވެގެން އައްޑޫގެ ޓޫރިޒަމް ފެއާގައި ”ޕްރޮމޯޓްކުރަނީ ޑެސްޓިނޭޝަން ސްޓޯލް“ގައެވެ. އަދި އައްޑޫ ޕްރޮމޯޓްކުރަނީ ”އަ ޖުވެލް އެކްރޮސް ދަ އީކްއޭޓަ“ ގެ ނަމުގައެވެ.

ގަން އެއާޕޯޓު ޕުރޮމޯޓް ކުރަނީ ޓޫރިސްޓުންނަށް އައްޑޫ އަކީ ވަރަށް ހިތްގައިމު ސަރަހައްދެއްގެ ގޮތުގައެވެ. އަދި ފަސޭހައިން ސްރީ ލަންކަން އެއާލައިންސްގައި އާދެވޭނެ މަންޒިލެއްގެ ގޮތުގައެވެ.

މި ފެއާ އަކީ ޓޫރިޒަމް ޕްރޮމޯޓްކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. އެގޮތުން މި ފަހަރުގެ ”އޯޓީއެމް ޓްރެވެލް ޓްރޭޑް ޝޯ“ ގައި 55 އަށް ވުރެ ގިނަ ގައުމު ބައިވެރިވިއެވެ. 1،000 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button