އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅަށް ގެއްލުން ދިން މައްސަލަ ބަލާނެކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޔާމީން ދިރިިއުޅުއްވާ ހ.ދޫވެހި އަދި ޕީޕީއެމް އޮފީސް ހުންނަ ހ.ހުރަފަ ގޭގެ ދޮރުމައްޗަށް އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލައި ކަރުދާސްތަކެއް އަޅާފައިވާއިރު، ޔާމީންގެ ގެކޮޅަށް ވަނީ ސްޕްރޭވެސް ކޮށްފައެވެ.
ރޭގެ ވަގުތެއްގައި މިކަން ހިނގާފައިވާއިރު އެ ސަރަހައްދުގައި ފުލުހުންގެ ޑިއުޓީ ޕޯސްޓެއް ހުރެއެވެ. އަދި ވަށައިގެން ސީސީޓީވީ ކެމެރާވެސް ހަރުކޮށްފައި ހުރެއެވެ.