ޚަބަރުސިޔާސީ

2012 ގައި ވީ ފަދަ ގޮތެއް މިސަރުކާރަށްވެސް ވެދާނެ: އިދިކޮޅު

ރައީސް ޔާމީނަށް އިންޒާރުދީ، އެމަނިކުފާނައި ދެކޮޅަށް 6 މީހުން ނުކުތަސް، ނުވަތަ ބޮޑު ލަޝްކަރެއް ނުކުތަސް އިދިކޮޅުންވެސް އެބަޔަކާއި ދެކޮޅަށް ނުކުންނާނެ ކަމަށާއި، އެގޮތުން ނުކުމެގެން ކުރިމަތި ލުމަކަށްގޮސް 2012 ގައި އެމްޑީޕީ ސަރުކާރަށް ވީ ފަދަ ދެރަ ގޮތެއް މި ސަރުކާރަށް ވެސް ވެދާނެ ކަމަށް ސަރުކާރުން ވިސްނަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ޔޫތް ވިންގް އިން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް އޮފީހުގައި އެޕާޓީގެ ޒުވާނުންގެ ގޮފިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް ޔާމީނަށް މީސް މީޑިއާގައި އިންޒާރު ދިން މައްސަލަ ޕާޓީގެ ހުރިހާ ގުވަނަކުން ސަރުކާރުގެ ހުރިހާ މުވައްސަސާތަކަށް ހުށަހަޅާފައި ވަނިކޮށް، އެއްވެސް ޖަވާބެއް ނުލިބި ހުއްޓައި ބަޔަކު މީހުން އެމަނިކުފާނުގެ ގެކޮޅު ކުރިމައްޗަށް އެއްވެ އަޑުގަދަ ކުރި ކުރުމާއި މެދު ކަންބޮޑުވާ ކަމަށެވެ.

ރައީސް ޔާމީނަށް އަމާޒުކޮށް އިންޒާރުދީ މަގުމަތީ ހަރަކާތްތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހިންގާފައިވަނީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަޑީގައި ހުރެގެންކަމުގައި އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

އިދކޮޅު ޔޫތް ވިންގްއިން އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް އިންޒާރުދީ ، އެމަނިކުފާނަށް ގެއްލުން ދިނުމަށް އެކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި ، އެފަދަ ކަންކަން ހުއްޓުވުމަށް އެ ޓީމުން ނުކުންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button