
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓުވިޓަރ ބޭނުން ކުރައްވަން ފެއްޓެވުމާއެކު އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔައި ތައުރީފް ކުރަން ފަށައިފިއެވެ.
ބިސްމީގެ ބަރަކާތުން ޓުވިޓަރ އެކައުންޓު ފައްޓަވައި އެމަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓަކީ ދިވެހި ދިދައެވެ. އެ ޓުވީޓުގައި ލިޔުއްވާފައިވަނީ ދިވެއްސަކަށްވީތީ އެމަނިކުފާނު ފަހުރިވެރިވެވަޑައިގެންނަވާ ކަމެވެ.
Proud n honored 2b a Maldivian pic.twitter.com/93n6RgMr2H
— Abdulla Yameen (@prz_ymn) May 4, 2022
ރައީސް ޔާމީނަކީ މީގެ ކުރިން މީސް މީޑިއާ އާއި އެހާ ރަށްޓެހި ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ވަގުތެއްވެސް ހޭދަ ކުރެއްވީ ރަސްމީ މަސައްކަތްޕުޅުތަކުގައެވެ.
ޔާމީން ޓުވިޓަރ ބޭނުން ކުރައްވަން ފެއްޓެވުން އެމަނިކުފާނުގެ ސަޕޯޓަރުން ދެކެނީ އާންމުންނަށް ފަސޭހައިން އެމަނިކުފާނާ މުއާމަލާތް ކުރެވޭނެ ފަހި ފުރުސަތެއްގެ ގޮތުގައެވެ.