”ސިޓީ ނައިޓް މާކެޓް “ ކުރިއަށް ނުގެންދަން ނިންމައިފި
ކުރިއަށްއޮތް ރަމަޟާން މަހާއި ދިމާކޮށް މާލެ ސިޓީ ކައުންސިލުން ބާއްވަން ނިންމި ސިޓީ ނައިޓް މާކެޓް ނުބާއްވަން ނިންމައިފިއެވެ.
ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ރޯދަ އަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީ ނައިޓް މާކެޓް ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ރޯދަ އަށް ޚާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ”ސިޓީ ނައިޓް މާކެޓް“ ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް ވަނީހަމަޖެހިފައެވެ.
— Male' City Council (@MaleCitymv) March 28, 2022
މި ނައިޓް މާކެޓް ބާއްވަން ނިންމީ ރަމަޟާން މަހާ ގުޅިގެން އާންމުންނަށް ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުންނެވެ. މި ނައިޓް މާކެޓަކީ 10 ދުވަހަށް ދެމިގެންދާނެ ގޮތަށް ކުރިއަށް ގެންދަން ނިންމި ނައިޓް މާކެޓެކެވެ.