ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާއި ގުޅޭ ހަގީގަތް ހާމަކޮށްދެއްވުމުގައި ރައީސް ޔާމީން ސާބިތުކަންމަތީ ހުންނެވުމަކީ ރައްޔިތުން އުފާ ކުރާ ކަމެއް ކަމުގައި މާލެ ސިޓީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލާރ އިބްރާހިމް މުހައްމަދު ( އިބުޓީ ) ވިދާޅުވެއްޖެއެވެ.
އިބުޓީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބަނަޑަހަ ޖަހައިގެން ތިބެ ހިތުހުރި ކަމެއް ރާއްޖޭގެ ފަސްގަނޑުގައި ކުރަމުންދާއިރު ސަރުކާރު ކޯލިޝަންގެ ވެރިން ހަނު ހުންނެވުމަކި އެގްރީމެންޓްތަކުގެ ބިރޔވެރިކަން ހާމަވާ ކަމެއް ކަމުގައެވެ.
Agreement thakuge Aslu haama nukoh dhogu hadhamun dhiyas miadhu dhivehi rayithun ah haqeeqai haama kurevumugai mi jeelu ge patriotic hero Raees Yaameen hunevvi kamaki dhivehi rayithun ga miadhu libeyne ufaleh. (2-2)#IndiaOut
— Ibrahim Mohamed (@ibrahim_ibuty) March 15, 2022
އިބުޓީ މިފަދައިން ވިދާޅުވެފައި މިވަނީ “ އިންޑިއާ އައުޓް” ކެމްޕޭނަށް ޑިފެންސް މިނިސްޓަރ ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.