ޚަބަރުސިޔާސީ

ކައުންސިލާރ ސައިފް އަދި ކައުންސިލާރ ޒަމީރުގެ ފާޑުކިޔުން ސަރުކާރަށް

މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ 2 މެންބަރުން ކަމުގައިވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ސައިފް އަދި މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އަހުމަދު ޒަމީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މާޅެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 44 ވަނަ ރަސްމީ ޖަލްސާގައި  ވާހަކަފުޅު ދައްކަވަމުން ސައިފް ވިދާޅުވީ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ”ހިކި އަމުރު“ ނުކުރެއްވުމަށް ގޮވާލާ ކަމުގައެވެ. އަދި ސަރުކާރުން  ގޮތް ދޫކުރައްވާ މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަތުމަށް ވެސް ސައިފް ވަނީ ގޮވާލައިފައެވެ. ސައިފް ވިދާޅުވީ މީގެ ކުރިން ސަރުކާރުން މަޝްވަރާ ކުރަން މަސައްކަތް ކުރި ނަމަ މިހާރު އޮތް ހާލަތަށް ނުދާނެ ކަމުގައެވެ. ސައިފް މިފަދައިން ވިދާޅުވެފައި މިވަނީ މާލޭ ސިޓީ ކައުންސިލުން އުޅެނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވުމަށް ހަދާ ”ތިލަމާލެ“ ބްރިޖްގެ މަޝްރޫއަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް މީގެ 2 ދުވަސް ކުރިން ޕްލޭނިން މިނިސްޓްރީން ބުނުމާއި ގުޅިގެންނެވެ.

މި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމަށް ލިބުމަކީ ސަރުކާރުން ކައުންސިލަށް ޖެއްސުން ކުރަންޖެހޭނެ ސަބަބެއް ނޫން ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button