ޚަބަރުސިޔާސީ

ގޯތި ކޮމިޓީގެ މެންބަރު އަނަސްއަށްވެސް ހުޅުމާލެއިން ގޯތި ލިބުނީ އިއްތިފާގަކުން!

ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް އެކުލަވައިލި ކޮމިޓީގެ މެންބަރު އަނަސް އަބްދުއްސައްތާރަށްވެސް ގޯލި ލިބިވަޑައިގަތީ ހުޅުމާލެއިންނެވެ. އަނަސްއަކީ އެމްޑީޕީގެ ލީޑާރޝިޕްގައިވެސް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

އާއިލާގެ 7 ބޭފުޅަކު އެކުވެގެން އަނަސް ގޯއްޗަށް ހުށަހަޅައިފައިވާ އިރު، އޭނާއާއެކު ގޯތި ހޯދުމަށް ފޯމުލީ 7 މީހުންނަށްވެސް 97.97 ޕޮއިންޓު ވަނީ ލިބިފައެވެ. ޕޮއިންޓްދިން ކޮމިޓީގައި އަނަސްވެސް އިންނެވިކަން ފާހަގަކޮށްލެވެއެވެ.

އަނަސް ހިމެނޭހެން އޭނަގެ އާއިލާގެ 14 މީހަކަށް މާލެއިން ގޯތި ލިބިފައިވާއިރު އަނަސްގެ އާއިލީގެ މ.ބަޑިކުޅިމާގެއަކީ މާލޭގެ ނިސްބަތުންވެސް ބޮޑު ގޯއްޗެކެވެ. އަދި އޭނާގެ އާއިލާއަކީ އިހުސާނު ފިހާރަތަކުގެ ނަމުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އާއިލާއެކެވެ.

އާއިލާގެ 7 ބޭފުޅުންނަށް އެހައި މަތިން ޕޮއިންޓު ލިބުނު ގޮތެއް ސަރުކާރުން އާންމުކުރި ގޯތި ލިބޭ މީހުންގެ ލިސްޓުން އެނގޭކަށް ނެތެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button