ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެން އިދިކޮޅު ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.
ރިޔާސީ އިންތިޚާނުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޕީޕޯއެމް/ޕީއެންސީން ލ. ގަމުގައި ބޭއްވި ޖަލްސާގައި މޫސާ ސިރާޖު ވަނީ ޕީޕިއެމް އަށް ސޮއިކުރައްވައިފައެވެ.
މެންބަރު ސިރާޖުގެ އިތުރުން ލ. އަތޮޅުގެ ރައީސާއި، ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުން ވެސް ރޭގެ ޖަލްސާގައި ވަނީ ޕީޕީއެމްއާ ގުޅިވަޑައިގަނެފައެވެ.
މެންބަރު ސިރާޖަކީ ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި މެންބަރެކެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް ސޯލިހަށެވެ. އެ އިންތިޚާބަށްފަހު މެންބަރު ސިރާޖު އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައެއް ނުވެއެވެ.