ރައީސް ޔާމީނަށް ރައްދު ދިނުމުގެ މަގުސަދުގައި ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނަކީ ތާކުންތާކު ޖެހޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްދު ދެވުނު ކަމަށް ވާނީ އުތުރު ތިލަފަޅު އެގްރީމެންޓް ރައްޔިތުންނަށް ހާމަކޮށް އެ އެގްރީމެންޓުގައި ރައީސް ޔާމީން އެވިދާޅުވާ ކަންކަން ނެތްކަން ސާބިތު ކޮށްދީގެން ކަމަށެވެ.
ރައީސް ޔާމީނަށް ރައްދު ދިނުމުގެ މަގުސަދުގައި ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނަކީ ތާކުންތާކު ޖެހޭ އެއްޗެއް ނޫން! ރައްދު ދެވުނު ކަމށް ވާނީ އުތުރު ތިލަފަޅު އެގްރީމެންޓް ރައްޔިތުންނަށް ހާމަކޮށް އެ އެގްރީމެންޓުގައި ރައީސް ޔާމީން އެވިދާޅުވާ ކަންކަން ނެތްކަން ސާބިތު ކޮށްދީގެން!
— Ahmed Narysh (@ahmed_narysh) March 13, 2022
ނަރީޝް މިފައިން ވިދާޅުވެފައި މިވަނީ ދިވެހި ސަރުކާރުން ހުއްދަ ނުދެނީސް އެއްވެސް ގައުމެއްގެ އަސްކަރީ އުޅަނދަކަށް ރާއްޖެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް ބުނެ، އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ޑިފެންސް މިނިސްޓްރީން ރައްދެއް ދީފައިވާ ދަނދިވަޅެއްގައެވެ.