ޚަބަރުސިޔާސީ

އިސްލާމީ ދަޢުލަތެކޭ ބުނަން ލަދުގަންނަ ހިސާބަށް ކަންތައް ގޮސްފި: ސެންބެ

އިސްލާމީ ދަޢުލަތެކޭ ބުނަން ލަދުގަންނަ ހިސާބަށް މިހާރު ރާއްޖޭގެ ކަންތައްތައް ގޮސްފި ކަމަށާއި އެއީ ބަޔަކު ރާވައިގެން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ވިދާޅުވެއްޖެއެވެ.

ތަކުރާރުކޮށް މިސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ މައްޗަށް ކުރެވެމުންދާ މުޑުދާރު ތުހުމަތު ތަކާއި، އެއްޖިއްސުން ގުޅުން ހިންގުން އާންމުވެފައިވާ މިދަނޑިވަޅުގައި ސެންބެ ވިދާޅުވީ ބަޔަކު ރާވައިގެން ކުރިމަސައްކަތެއްގެ ސަބަބުން އިސްލާމީ ދަޢުލަތެކޭ ބުނަން ލަދުގަންނަ ހިސާބަށް ކަންތައް ގޮސްފިކަމަށެވެ.

ސެންބެ ވިދާޅުވީ އެފަދަ މަސައްކަތް ކުރި ބަޔަކުވަނީ ފައިސާއަށްޓަކައި ދީންވެސް ޤުރުބާންކޮށްފައި ކަމަށެވެ. މިއާއި އެކު އޭނާ ވިދާޅުވީ ހަރުކަށިކަމާއި ނުބައިފާހިޝް ޢަމަލުތަކުން ދެން މިސަރުކާރަށް އަރައި ނުގަނެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button