ޚަބަރު

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ގެނައި 200 ބޮޑީ ވޯން ކެމެރާ މިއަދު ބޭނުންކުރަން ފަށައިފި އެވެ.

މިއަދު ފެށިގެން މާލެ އާއި އައްޑޫގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން މި ކެމެރާ ބޭނުންކުރާނެ އެވެ.

ފުލުހުންނަށް ބޭނުންވާ 1،400 ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާންކުރީ މިދިޔަ އަހަރު ފަހުކޮޅެވެ. އެކަމަކު އެކަމަށް ޝަރުތު ހަމަވާ ބަޔަކު ނުވެގެން، ކެމެރާގެ އަދަދު 200 އަށް މަދުކޮށް، ބީލަމަށް އަލުން ހުޅުވާލި އެވެ. މި ކެމެރާ ބޭނުންކުރަން ފެށުމުގެ ގޮތުން، ހާއްސަ ޕައިލެޓް ޕްރޮޖެކްޓެއް ވެސް ފުލުހުން ކުރިއަށް ގެންދިޔަ އެވެ.

މާލެ އާއި އައްޑޫގައި އެކަނި އަދި މި ކެމެރާ ބޭނުންކުރިޔަސް، އިތުރު ކެމެރާ ލިބުމުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބޭނުންކުރަން ފެށޭނެ ކަމުގައި ކޮމިޝަނާރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ މި ކެމެރާ އަކީ ހަމައެކަނި ފުލުހުން ކުރާ ގޯސް ކަންކަން ބަލަން ބޭނުންކުރާނެ އެއްޗެއް ނޫން ކަމަށާއި މީގެން ފުލުހުންގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިގެންދާނެ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button