އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށާއި، މިއީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި އޮތް ތަނެއް ކަަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރ. މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރު އޮތް ތަނެއް ކަމަށެވެ.
”އަަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ، މިއީ ދިވެހި ދައުލަތުގެ ބާރުހިނގާ ތަނެއް ނޫން، މިއި ފުރިހަމައަށް އިންޑިއާގެ ސަރުކާރުގެ އިންޑިއާ އަސްކަރިއްޔާގެ ބާރު ހިނގާ ތަނެއް“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އައުޓް ކުރަން ޖެހެނީ ކޮން އެއްޗެއްކަން މި ސަރުކާރުގެ އިސް ފަރާތްތަކަށް ނޭނގެނީ މި ކުރިއަށްގެންދާ ހަރަކާތްތައް ބަލަން އެބޭފުޅުންނަށް ދަތިވާތީ ކަމަށެވެ.