ގާސިމްގެ އުފަންދުވަހު ނަހުލާގެ ތަފާތު ޓުވީޓެއް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ 71 ވަނަ އުފަންދުވަހާ ދިމާކޮށް އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.
ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށެވެ. ގާސިމްގެ ހެޔޮކަން ފާހަގަކުރައްވައި އަބަދުވެސް އެދިވަޑައިގަންނަވަނީ ހެޔޮ ރަހުމަތާ އެކު ދެމިހުންނެވުމަށް ކަމަށް ވިދާޅުވި އެވެ.
Wishing a wonderful birthday to the most important person in my life. May Allah bless you always. I couldn’t have asked for a better father for my children. ❤️❤️❤️❤️❤️❤️ @qasimibrahim pic.twitter.com/easEIw8PRC
— Aishath Nahula (@aishath_nahula) February 9, 2022
ނަހުލާ އިތުރަށް ވިދާޅުވީ އެކަމަނާގެ ދަރިންނަށް ގާސިމަށް ވުރެ ރަނގަޅު ބައްޕައަކަށް ނޭދެވޭނެ ކަމުގައެވެ.