ޚަބަރުސިޔާސީ

މަލީހު 2 ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

މިސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަންސް މިނިސްޓަރ މަލީހް ޖަމާލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެލްތް މިނިސްޓްރީގެ މުވައްޒަފުން ލައްވާ މަސައްކަތްކުރުވާފަ މުސާރަ ނުދީ ރައީސް ސޯލިހާއި ރައީސް ނަޝީދު ރައްޔިތުންގެ ޓެކްސް ފައިސާގައި އެމްޑީޕީގެ ކެމްޕޭނަށް ކޮމަންޑޫއަށް މާދަމާ ވަޑައިގަންނަވަން އުޅުއްވުމަކީ ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ އުސޫލާ ހިލާފު ހުތުރު ދަށުދަރަޖައިގެ އަމަލެއް ކަމުގައެވެ.

މަލީހު މިފަފައިން ވިދާޅުވެފައި މިވަނީ ހެލްތް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒިފުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުނެ ނަރުހުންނާއި ފްރަންޓްލައިން ބައެއް މުވައްޒަފުންގެ މުސާރަ ޖަމާނުކޮއްދޭ ކަމަށް ބުނެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button