ޚަބަރުސިޔާސީ

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދެވޭނީ ސަރުކާރުން ބަޖެޓް ދިނުމުން: މޭޔާރ

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދޭން ފެށޭނީސަރުކާރުން އެކަމަށް ދެއްވަންޖެހޭ ބަޖެޓް ދެއްވައިގެން ކަމަށް މާލެ ސިޓީގެމޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ ވަނީ ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން ހުޅުމާލެ އޮންނަނީ މާލެ ސިޓީއިން ދޭން ޖެހޭ ހުރިހާ ހިދުމަތެއް ދޭން ޖެހޭ ތަނެއްގެ ގޮތުގައި ކަން ފާހަގަ ކުރައްވާފައެވެ. 

މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުހެދިގެން މިއަދާ ހަމަޔަށް އައި އިރުވެސް ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމަށްޓަކައި ސިޓީ ކައުންސިލުން އެކަން ކުރެވޭނެ ގޮތްތައް އޮތީ ފަހިނުވެކަމަށެވެ. 

އެހުރިހާ ހިދުމަތަކާއި އެ ހުރިހާ މަސްޢޫލިއްޔަތުތަކާ ޒިންމާތައް އަދާ ކުރުމުގަ ކައުންސިލުން އެކަން ކުރެވޭނެ ގޮތްތަކެއް އަދި ލާމަރުކަޒީ ގާނޫނުހެދިގެން މިއަދާ ހަމަޔަށް އައި އިރުވެސް އޮތީ ފަހިނުވެ، ހަމަނުޖެހި“ މުއިއްޒު ވިދާޅުވިއެވެ.

މޭޔާރ އިތުރަށް ވިދާޅުވީ އެޗްޑީސީއިން މި ހިދުމަތްތައް ދޭއިރުގައި އެކަން ކުރުމަށް ބޭނުންވާ މުވައްޒަފުންނާއި ވެހިކަލްތަކާއި، ބަޖެޓްފަދަ ތަކެތި ދީގެން މެނުވީ ސިޓީ ކައުންސިލަށް މި ހިދުމަތް ފަށައިގަތުމަކީ ވަރަށްބޮޑު ގޮންޖެހުމަކަށް ވާނެ ކަމެއް ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button