ޚަބަރު
މަކަރާ ހީލަތުން ޑޮލަރު ހޯދުމަށްފަހު ފިލައިގެން އުޅޭ މީހެއް!

މަކަރާ ހީލަތުން ޑޮލަރު ހޯދުމަށްފަހު ފިލައިގެން އުޅޭ މީހެއް ހޯދުމުގެ މަސައްކަތް އާންމުންގެ ބަޔަކު ފަށައިފިއެވެ.
”ބޮންތި“ އަށް އެނގިފައިވާގޮތުގައި އެމީހާ އަކީ އިންޓަނެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން ޑޮލަރު ވިއްކާ ކަމަށްބުނެ މީހުންގެ އަތުން ފައިސާ ހޯދާ މީހެކެވެ.
މީސް މީޑިއާގައިވެސް އޭނާގެ ވަނަވަރު މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން އެއީ ސ.ހިތަދޫ އެބީ ވިލާ އަލީ އަކްރަމް ނަމަކަށް ކިޔާ މީހެކެވެ. މިކަމާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.
މިފަހަކަށް އައިސް ޑޮލަރު ދޭނެކަމަށް ބުނެ ފައިސާ ހޯދުމަށްފަހު ފިލައިގެން އުޅޭ މީހުންގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.