
ދިވެހި ދައުލަތުގެ ދަރަނި 91 ބިލިއަނަށް އަރައިފި ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން އާންމުކޮއްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިދިޔަ 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 91.4 ބިލިއަނަށް އަރައިފައެވެ.
ރިޔާސީ އިންތިހާބު ތެރޭގައި ލޯނު ނުނަންގަވާނެ ކަމުގައި ވިދާޅުވި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތް ފަހުން ބޮޑަތި އަދަދުތަކުން ލޯނު ނަގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.