ޚަބަރު
ވިސާ ނެތި ތުރުކީއަށް ދެވޭނެގޮތް ހެދުމަށް މަޝްވަރާކޮށްފި
ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތުރުކީ އަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމްކުރަން މަޝްވަރާކޮއްފި އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށާއި އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށެވެ.