މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ތަރި މޭސަން ގްރީންވުޑްގެ ލޯބިވެރިޔާގެ ގައިގައި ތަޅާ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އޭނާގެ ލޯބިވެރިޔާ ހެރިއަޓް ރޮބްސަން އިންސްޓްގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ގްރީންވުޑް އޭނާއަށް އަނިޔާކޮށްފައިވާކަން އެނގެންހުރެއެވެ.މީގެތެރެއިން ބައެއް ފޮޓޯތަކުގައި ހެރިއަޓްގެ އަނގަމަތި ފަޅައިގެން ގޮސްފައިވާ މަންޒަރު ފެނެއެވެ.
ގްރީންވުޑް ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓަޑުން އަންނަނީ މިމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އަދި މި މައްސަލަ ފުލުހުން ބަލާ ނިމެންދެން ގްރީންވުޑް ޓްރެއިނިންގަށް ނައުމަށްވެސް ވަނީ އަންގާފައެވެ.
އެހެންނަމަވެސް އެކަށީގެންވާ ހެއްކާ ގަރީނާ ލިބެންދެން އިހަށް އަދި އިތުރު ފިޔަވަޅެއް ނާޅާނެ ކަމަށް އެކުލަބުން ބުނެއެވެ.