އިޒްރޭލާއި ހަމާސްއިން ބަދަލު ކުރަމުން އަންނަ ވަރުގަދަ ހަމަލާތައް ވަގުތީގޮތުން ހުއްޓާލާފައިވަނިކޮށް, އިޒްރޭލު ފުލުހުން އަގްސާ މިސްކިތުގައި ހައިޖާނު އުފައްދައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 11 ދުވަހުގެ ހަމަލާ ބަދަލު ކުރުމަކަށްފަހު ފަލަސްތީނުގެ ރައްޔިތުން މިއަދު ހުކުރު ނަމާދަށްފަހު އަގްސާ މިސްކިތުގައި އުފާ ފާޅު ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. އިޒްރޭލް ފުލުހުން ވަނީ އަގްސާ މިސްކިތުގައި އުފާ ފާޅުކުރަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ސްޓަން ގްރެނޭޑާއި ކަރުނަ ގޭހުގެ އިތުރުން ސްމޯކް ބޮން ބޭނުން ކޮށްފައެވެ. މި ހަމަލާތަކުގައި 20 މީހަކަށް އެކިވަރުގެ އަނިޔާވިއެވެ. އިޒްރެއިލުން ބުނިގޮތުގައި ފުލުހުން ހަމަލާ ދިނީ އެއްވެ ތިބި މީހުން ގާ އުކުމުންނެވެ. އެއްވުމުގެ ބައިވެރިން ބުނާގޮތުގައި އިޒްރޭލު ފުލުހުންގެ ފަރާތުން ޖެއްސުމާއި ދުއްތުރާ އަދިވެސް ނުހުއްޓެއެވެ. އަދި އަގްސާ މިސްކިތް ކައިރިއަށް އައިސް ހައިޖާނު ހަދަން ފުރުސަތު ހޯދުމަށް ފަލަސްތީނުގެ މުސްލިމުން ނޭދެއެވެ.
Israeli soldiers assaulted worshippers after Friday prayer in Al Aqsa Mosque.#Gaza#AlAqsaMosque#Palestine #GazaCeasefireNowpic.twitter.com/yNlYuvxWcu
— Save Humanity 🇵🇸 (@sb_qureshii) May 21, 2021
އިޒްރޭލާއި ހަމާސްގެ ހަމަލާ ބަދަލު ކުރުންތަކުގެ ތެރޭގައި މިހާތަނަށް ފަލަސްތީނުގެ 274 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 71 ކުޑަކުދިން ހިމެނެއެވެ. އިޒްރޭލުން ބުނާގޮތުގައި އެގައުމުގެ 12 މީހަކު ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ. އެކަމަކު އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް އިޒްރޭލުގައި ދިރިއުޅޭ ބައެއް މީހުނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.