ޚަބަރުސިޔާސީ

ޖަމީލް ރިޔާޒު އަށް: ރައީސް ޔާމީން މިނިވަންވީ ޓެކްނިކަލް ގޯހަކުން ނޫން، ހަޖަމް ކުރޭ!

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވީ ޓެކްނިކަލް ގޯހަކުން ނޫން ކަމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީން ސަލާމަތްވީ ޓެކްނިކަލް ގޯހެއްގެ ސަބަބުން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަބްްދުﷲ ރިޔާޒް، އެޕާޓީ އިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

ޖަމީލް ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަކީ ޓެކްނިކަލް ގޯހުން ނިމޭ ކަމެއް ނޫނެވެ.

”ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަންޖެހޭ ގާނޫނީ އޮޅިގަނޑެއް އޮވޭ. މައުސޫމްކަން ސާބިތުވުމުން އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު.“ ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން އަބްދުﷲ ރިޔާޒު އަށް ރައީސް ޔާމީނާއި ފައިހަމަ ނުކުރެވޭނެކަމުގައެވެ.

ރިޔާޒް ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް ފާޑުކިޔޭ ނަޒަރިއްޔާތަކުން ވާހަކަ ދައްކަވާފައެވެ. އަދި އޭނާގެ ވާހަކަ ބައްޓަން ކޮށްފައިވަނީ ރައީސް ޔާމީނާއި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުވޭ ފަދަ ގޮތަކަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button