ގައުމުގެ ޒުވާނުން މިނިވަންކަމުގައި ހައްދުފަހަނައަޅައިފި: ނަރީޝް
މިގައުމުގެ ޒުވާނުން މިނިވަންކަމުގައި ހައްދު ފަހަނަ އަޅައިފައިވާ ކަމުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންގެ އަގީދާ ބަލިކަށި ވެފައިވާ ކަމަށާއި ގައުމީ ރޫހު ވެސް ނެތި ހިނގައްޖެ ކަމުގައެވެ. އަދި ސިޔާސީ ކޯޅުމުގައި ގައުމު ފަނާވަމުން ދާކަންވެސް ނަރީޝް ފާހަގަ ކުރެއްވިއެވެ.
މިއަދު މި ގައުމުގެ ޒުވާން ޖީލު މިވަނީ މިނިވަންކަމުގައި ހައްދުފަހަނަ އަޅައިފި! ދީނަކާއި ދީނެއް! ދިވެހިންގެ އަޤީދާ ބަލިކަށިވެއްޖެ! ދިވެހިންގެ ސަޤާފަތް ތާރީޙާ މޮޑެވި ފަސްދާނުލެވިއްޖެ! ޤައުމީ ރޫޙު ނެތި ހިނގައްޖެ! ސިޔާސީ ކޯޅުމުގައި ޤައުމު ފަނާވަނީ!
— Ahmed Narysh (@ahmed_narysh) November 8, 2021
ނަރީޝް އިތުރަށް ވިދާޅުވީ ފިތުނައާއި ހަސަދަ، ރުޅިވެރިކަމާއި ބައިބައިވުން، އީމާންތެރިކަމުގެ ޒައްރެއް ނެތި ފާހިޝް ކަންކަމާއި ނޭއްގާނީ އަމަލުތަކުގައި ދިވެހި ޒުވާނުން މަސްޢޫލުވެ ނެތިގެންދާ ކަމުގައެވެ.