ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތު ސާފު ކުރަނީ ސަސްޕެންޝަނުން ކަމުގައި ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދް ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މިފެންނަނީ ކުށުން ދުރުކުރުމަށްޓަކައި ކުށަށް ހިތްވަރުދޭ މަންޒަރު ކަމުގައެވެ. އަދި ޔޫތް މިނިސްޓަރ 4 މަސް ދުވަސް ވަންދެން ސަސްޕެޑް ކޮށްގެން ހާސިލު ކުރެވުނީ ކޮންކަމެއްތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ގެންގުޅެނީ އަޖައިބެއްފަދަ ޕޮލިސީ. ކޮރަޕްޝަންގެ ތުހުމަތު ދޮވެސާފުކުރަނީ ސަސްޕެންޝަނުން. ކުށުން ދުރުކުރަން ކުށަށް ހިއްވަރު. ޤާނޫނު ނަގަހައްޓަން ޤާނޫނާ ޚިލާފްވަނީ. މަހްލޫފް ސަސްޕެންޑްކުރީ ކޮންކަމެއް ޙާޞިލްކުރަން؟ ފަޔަށް ހިނިއަރައިގެން އުޅުނު އެމްޑީޕީ މެންބަރުންގެ ދޫ މިއަދު ކޮބާ؟ pic.twitter.com/rhXlrw2j6p
— Mohamed Jameel Ahmed (@MJameelAhmed) October 10, 2021
ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ސަސްޕެންޑް ކޮށްފައިވައިވާ ޔޫތް މިނިސްޓަރ މަހްލޫފްގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެންނެވެ.