ޚަބަރު

އައްޑޫގައި 12 ގޭންގަކުން ހަރަކާތްތެރިވޭ: ސީޕީ

އައްޑޫ ސިޓިގައި 12 ގޭންގަކުން ހަރަކާތްތެރިވާ ކަމުގައި ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވީ އައްޑޫގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ. އަދި މި ގްރޫޕުތަކުގެ ތެރޭގައި މާރާމާރީތައް ހިނގާ މައްސަލައަކީ އައްޑޫއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ގްރޫޕުތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާއި ކުދި ކުށް ކުރާ ފަރާތްތަކުގެ މައްސަލަތައް ވެސް ސީޕީ ވަނީ ފާހަގަ ކޮށްފައެވެ. އައްޑޫގައި މަސްތުވާތަކެތި ބޭނުންކޮށް އުޅޭ 1540 އެނގިފައިވާ ކަމުގައިވެސް ސިޕީ ހަމީދު ވިދާޅުވިއެވެ.

ސިޕީ ހަމީދު އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކޮށް ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު މަދު ކުރެވޭނީ ގާނޫނުން އެ މީހުންނަށް ދޭން ޖެހޭ އަދަބު ދެވިގެން ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button