ޚަބަރުކުޅިވަރު

ޕީއެސްޖީ ދޫކޮށް ދާން ތައްޔާރަށް ހުރިކަން އެމްބައްޕޭ ހާމަކޮށްފި

އަންނަ ސަމާ ޓްރާންސްފާގައި ފްރާންސުގެ ޕީއެސްޖީ ދޫކޮށް ދާން ތައްޔާރަށް ހުރިކަން އެ ކުލަބުގެ އުންމީދީ ފޯވާޑް ކީލިއަން އެމްބައްޕޭ ހާމަކޮށްފިއެވެ.

ނިމިދިޔަ ޓްރާންސްފާ މާކެޓުގައި ސްޕޭނުގެ ރެއާލް މެޑްރިޑުން އެމްބައްޕޭ ހޯދުމަށްޓަކައި 2 ފަހަރެއްގެ މަތިން ބިޑު ކޮށްފައިވެއެވެ. ފުރަތަމަ ފަހަރު ރެއާލުން ބިޑު ކޮށްފައިވަނީ 160 މިލިއަން ޔޫރޯއެވެ. އެ ބިޑަށް ޕީއެސްޖީން ދެކޮޅު ހެދުމުން ރެއާލުން ދެން ކޮށްފައިވަނީ 180 މިލިއަން ޔޫރޯގެ ބިޑެކެވެ. މި ބިޑަށް ވެސް ޕީއެސްޖީން ހެދީ ދެކޮޅެވެ.

އަންނަ އަހަރު އެމްބާޕޭގެ އެއްބަސްވުން ހަމަވުމުން އޭނާ ބޭނުން ޓީމަކަށް ހިލޭ ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެއާއެކު ބެލެވޭގޮތުގައި އޭނާ ދިޔުން ގާތީ ރެއާލް މެޑްރިޑަށެވެ.

އެމްބައްޕޭ ވަނީ ޕީއެސްޖީއަށް ކުޅެދިން 182 މެޗުން 136 ލަނޑު ޖަހައިދީފަައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button