ޚަބަރުސިޔާސީ

100 އިލްމުވެރިންގެ އިލްތިމާސަކީ މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް އިންތިހާބު ކޮށްދިނުން

ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދިނުމަށް ރާއްޖޭގެ 100 ދީނީ އިލްމުވެރިން އިލްތިމާސްކުރައްވައިފިއެވެ.

ދީނީ ތަގުރީރު ދިނުމުގެ ހުއްދަ އޮތް 100 ޢިލްމުވެރިން ސޮއި ކުރައްވާ ނެރުނު ބަޔާނެއްގައި ވާގޮތުން، ރާއްޖެ އޮތް ހާލަތުން އިސްލާމްދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ ސުލްހަ މަސަލަސްކަމާއި، އަމަންއަމާންކަން ރައްކާތެރިކޮށް ހިފަހައްޓައި، މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުސްލިމުންގެ މެދުގައި ބަިއބައިވުމާއި އަދާވާތްތެރިވުމާއި ނަފުރަތު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަނުދިނުމަށް 100 އިލްމުވެރިން ވަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އެބޭފުޅުން ތާއީދު ކުރައްވަނީ ޑރ.މުއިއްޒުއަށް ކަމަށާއި، އެމަނިކުފާނަށް ވޯޓް ދެއްވުމަށްވެސް އިލްތިމާސް ކުރައްވާފައިވެއެވެ.

މުއިއްޒަށް ތާއީދު ކުރެއްވި 100 އިލްމުވެރިންގެ ތެރޭގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރުގެ އިތުރުން މަކުނުދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމް ހިމެނިވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button