ޚަބަރުސިޔާސީ

މިސްކިތްތަކާ އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖިލިސް އިފްތިތާހުކޮށްފި

މިސްކިތްތަކާ އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ ގައުމީ މަޖިލިސް އިއްޔެ އިފްތިތާހުކޮށްފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ އިތުރުން އެމަނިކުފާނުގެ ހަފްތާ 14 ގެ ޕްލޭންގައި ހިމަނުއްވާފައިވާ މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި މަޖިލީހަކީ ރާއްޖޭގައި މިސްކިތްތަކަށް އިސްކަންދޭ ސަގާފަތެއް ގާއިމުކުރުމަށް އުފެއްދެވި މަޖިލީހެއް ކަމަށްވާއިރު، މިސްކިތްތަކާ ގުޅޭ ކަންކަމުގައި މަޖިލީހުން ދޭ ލަފާތައް މިނިސްޓްރީން ބަލައިގަންނާނެ އެވެ.
ކޮންމެ މަހަކުވެސް އެއްފަހަރު މަޖިލިސް ބާއްވަން މިނިސްޓްރީ އިން ނިންމާފައިވާއިރު، މަޖިލީހުގެ މެންބަރުންގެ ގޮތުގައި އިލްމީ މުއައްސަސާތަކުގެ އިސްވެރިން ތިއްބަވާނެއެވެ.
މި މަޖިލީހާއެކު މިސްކިތްތަކާގުޅޭ ކަންކަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ސަރުކާރުން ދެކެއވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button