ޚަބަރު

ވަގުތުގައި ނަމާދު ކުރުން ހަރުކަށިކަމުގެ އަލާމާތެއްކަމަށް ވިސްނައިދިނުމަކީ އަލްމާނިއްޔަތު ކުރިއެރުވުން: ޑރ ޝަހީމް

ނަމާދު ވަގުތުގައި ނަމާދު ކުރުން ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވާފަދައިން ތައުލީމީ ނިޒާމު އޮންނަންޖެހޭނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗަށް ކަމަށާއި، ނަމާދުކުރުމަށް ބާރު އެޅުމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގަައި ވާރުތަވަމުން އަންނަކަމެއް ކަމަށެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އެއީ ހަރުކަށިކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުން ކަން ފާހަގަކުރައްވަމުން ވިދާޅުވީ، ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއްކަމަށެވެ.

ޑރ. ޝަޙީމް މިފަދައިން ވިދާޅުވީ ޔޫތު މިނިސްޓްރީ އިން ރ.އިނގުރައިދޫގައި ކުރިޔަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމުގައި ސްކޫލު ގަޑީގައި ނަމާދު ކުރުމާއި، ތުނބުޅި މަތިމަސް ބެހެއްޓުމާއި، އިސްތަށިގަނޑު ދިގުކުރުމާއި، އެސެމްބްލީގައި ލަވަ ކިޔުމަށް ދެކޮޅު ހެދުން ފަދަ ކަންކަމަކީ ހަރުކަށި ފިކުރަށް ދަރިވަރަކު ދާން އުޅޭ ކަމުގެ އަލާމާތްތަކެއް ކަމަށް ކިޔައިދިނުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ޔޫތް މިނިސްޓްރީއަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެފައެވެ. އެހެން ނަމަވެސް ދެމިނިސްޓްރީން ކުރެ އެއް މިނިސްޓްރީއަކުންވެސް މިކަމަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button