ޚަބަރުސިޔާސީ

އަލީ ޒާހިރަށް މާތްﷲ ގަންދީ ހުވާ ކުރާކަށް ނުކެރުނު

ރައީސް އޮފިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކޮށްފައިވާ ތުހުމަތުތަށް ދޮގުކޮށް މާތް ﷲ ގަންދީ ހުވާ ކުރަން އަދި ނުޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ 7 ފަހަރު ވެސް ހުވާ ކުރަން ތައްޔާރު ކަމަށާއި އެހެންނަމަވެސް އެއީ މިބާވަތުގެ ކަންކަމުގެ އުސޫލުތަކާއި ޕްރިންސިޕަލްތަކާއި ހިލާފުކަމެއްގެ ގޮތުގައި އަލީ ޒާހިރު ސިފަ ކުރެއްވިއެވެ.

އަލީ ޒާހިރު އިތުރަށް ވިދާޅުވީ ތުހުމަތުތަކާއި ގުޅިގެން އިތުރު ހެކި ދައްކަވައިފި ނަމަ 7 ފަހަރު ހުވާކުރަނެކަމުގައެވެ.

“ މައްސަލަ ހުށައަޅާ ނުވަތަ ދައުވާ ކުރާ މީހެއްގެ ކަމެއް ހެކި ދެއްކުމަކީ. ސާބިތު ކޮށްދިނުމަކީ. ދައުވާ ރައްދުވާ ފަރާތުން އިންކާރު ކުރަނީ. އަދި ހެކި ނުދައްކާ. ހެކި ދެއްކީމަ އަޅުގަނޑު 7 ފަހަރު ހުވާ ކުރާނަން.“ އަލީ ޒާހިރު ވިދާޅުވިއެވެ.

އިއްޔަގެ ވަގުތެއްގައި ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ފަނޑިޔާރުން، އަލީ ޒާހިރު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވިކަމަށް ވަނީ މާތްﷲ ގަންދީ ހުވާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button