ޚަބަރު

އަލީ ޒާހިރު އާއި އެއްކޮށް ރައީސް ސޯލިހުއަށްވެސް ފިޔަވަޅު އަޅަން ޖެހޭ: ކުރީގެ ޗީފް ޖަސްޓިސް

ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވާ މައްސަލާގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހުއަށްވެސް ފިޔަވަޅުއަޅަން ޖެހޭނެކަމަށް ކުރީގެ ޗީފް ޖަސްޓިސް ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމެއްގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ކުރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަހްމަދު ހައިލަމް އަށް ގުޅުއްވާ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސަށްކަތް ކޮށްފައިވާކަމުގައެވެ.

ހައިލަމްވެސް ވަނީ ޒާހިރު އޭނައަށް ގުޅުއްވާކަން އަމިއްލައަށް ވިދާޅުވެފައެވެ.

…އަލީ ޒާހިރު އަޅުގަނޑަށް ފޯނު ކުރައްވާ ވާހަކަ، އެއީ ތެދުފުޅެއް. އެކަމަކު އަލީ ޒާހިރު އަޅުގަނޑަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދޭން ވައުދުވެވަޑައިގެންފައެއް ނުވޭ. އެކަމަށް އެހީތެރި ވެވިދާނެ ކަމަށް ވިދާޅުވި. ހައިލަމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަބްދުﷲ ދީދީ ވިދާޅުވީ ކޯޓުތަކަށް ނުފޫޒުފޯރުވުމުގައި އަލީ ޒާހިރު ތަމްސީލު ކުރީ ސަރުކާރުގެ އެންމެ އިސް ފަރާތްކަމުގައި ވާނަމަ އެފަރާތަށްވެސް ސަރުކާރުން ފިޔަވަޅު އަޅާނެ ތޯ އަބްދުﷲ ދީދީ ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި ހިމެނޭ ލޯޔަރު އާސިފް ވިދާޅުވީ އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވަނީ ރައީސް ސޯލިހު އަންގަވައިގެން ކަމަށެވެ. އަދި އަދި ރައީސް ސޯލިހު މި ވާހަކަތަށް ދޮގުނުކުރާކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button