ޚަބަރު

ދައްޕަރު މައްސަލާގައި ސަރުކާރާއެކު މަޝްވަރާ ކުރަނީ

ހއ.ފިއްލަދޫގެ އިހުތިސާސުގެ ތެރެއިން ދައްޕަރު ނެގުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސަރުކާރާއި، ފިއްލަލަދޫ ކައުންސިލާއި، ރައްޔިތުންނާ މަޝްވަރާ ކުރައްވާނެކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އަހްމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން ވިދާޅުވީ ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ކައުންސިލާއެކު އިއްޔެވެސް އަދި މިއަދުވެސް މަޝްވަރާކުރެވުނުކަމުގައެވެ. މީގެ އިތުރުން ހަމްދާން ވިދާޅުވީ ކައުންސިލް އަދި ރައްޔިތުންގެ ވިސްނުމާއި ދެކޮޅަށް ސަރުކާރުން ކަންކަން ކުރިއަކަށް ނުގެންދާނެކަމުގައެވެ.

ދައްޕަރު ފިއްލަދޫ ރަށު ކައުންސިލްގެ އިހުތިސާސުގެ ތެރެއިން ވަކިކޮށް، ރިސޯޓެއްގެ ގޮތުގައި ކަނޑައެޅީ ސަރުކާރުން އަލަށް ފަށާ ސެކަންޑް ހޯމް ރެޒިޑެންސީ މަޝްރުއަށެވެ. އެހެހެންނަމަވެސް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ފިއްލަދޫ ރައްޔިތުން ދައްޕަރުން ނަފާ ހޯދުމަށް ތައްޔާރުވެފައި ތިއްބައި، ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ދައްޕަރު ވަކިކޮށްލުމުން އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ކަންބޮޑުވުންފާޅުކޮށް ފިއްލަދޫގެ ޒުވާނުން އިސްވެ ތިބެ ވަނީ ޕެޓިޝަނެއްވެސް ފަށާފައެެވެ. މީގެ އިތުރުން މީސްމީޑިއާގައި ”ސޭވް ދައްޕަރު“ ނަމުގައި މީސްމީޑިއާ ކެންޕޭނެއްވެސް ދަނީ ކުރެވެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button