ޚަބަރު

ދައްޕަރު ބޭރުބަޔަކަށް ވިއްކާލަން މަސައްކަތްކުރާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ހއ. ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސުގެ ތެރެއިން ވަކި ކުރުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ގަރާރަކުން ނިންމެވި ނިންމެވުމަކީ ލާމަރުކަޒީ ގާނޫނާއި ލާމަރުކަޒުކުރުމުގެ މަފްހޫމާއި މުޅިން ތައާރަޒް ނިންމެވުމެއް ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރައީސް ސޯލިހު ނެރުއްވި އެ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ފެނިވަޑަައިގަންނަވާ ކަމަށެވެ. އެހެން ކަމުން އިދާލލ0ރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ ފިލްލަދޫގެ ރަްޔިތުންނަށް އާމްދަނީ ލިބޭނޭ މުހިންމު ވަސީލަތެއްގެ ގޮތުގައި ދައްޕަރުވެފައިވަނިކޮށް، ކައުންސިލާއި ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ފިއްލަދޫއާއި ދައްޕަރު ވަކިކޮށްލުމަކީ ފިއްލަދޫގެ ރައްޔިތުންނަށް ދެވޭނޭ ވަރަށް ބޮޑު އަނިޔާއެއްކަމުގައެވެ.

މީގެ އިތުރުން ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ދަށުން ކަމަށްބުނެ ރާއްޖެއިން ބޭރުން އަންނަ ބަޔަކު ދިރި އުޅުމަށް ދައްޕަރު ވިއްކާލުމަކީ ރައްޔިތުން އެދޭގޮތެއް ނޫންކަމުގައެވެ.

ދައްޕަރު ފިއްލަދޫއާއި ވަކިކިރުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދެވުމަށާއި ރައްޔިތުން އެދޭ ގޮތަށް މިފަދަ ކަންކަން ނިންމެވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހުއަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button