ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރަކު ނުފެށޭނެ!
ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ އަވަސް ވެގެންވެސް ފެށޭނީ އަންނަ އަހަރު ކުރީކޮޅުކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހަންމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މަޝްރޫއު ފެށުމުގައި ލަސްތަކެއް ދިމާވީ ކޯވިޑް-19 ގެ ސަބަބުން މުޅިދުނިޔެއަށް ދިމާވި އިގްދިސާދީ ތަދުމަޑުކަންކަމުގައެވެ.
މަބްރޫކް ވިދާޅުވިގޮތުގައި މިހާރު ބްރިޖުގެ އެޅުމުގެ މަޝްރޫގައި ސޮއިކުރެވިފަވާއިރު، މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ކުރެހުންތަކާއި ޑިޒައިންތަށް ތަފްސީލް ކުރުމުގެ މަސައްކަތް ކަމުގައެވެ. އޭނާ ވިދާޅުވީ ބްރިޖިގެ އަމަލީ މަސައްކަތް ފެށޭވަރުވާނީ މި އަހަރުގެ ޑިސެންބަރު ނުވަތަ އަންނަ އަހަރުުގެ ޖެމުއަރީ މަހު ކަމަށެވެ.
މީގެ ކުރިން ރައީސް އިބްރާހިމް މުހަންމަދު ސޯލިހުވެސް ވަނީ ދައުރު ނިމުމުގެ ކުރިން ތިލަފުއްޓާ ހަމައަށް ބްރިޖު ނުގެންދެވިދާނެ ކަމަށް ވިދާޅުވެފައެވެ.